އިރުފާން ޚާންގެ "ޤަރީބު ޤަރީބު ސިންގަލް" ރިލީޒް ކުރުން އަންނަ މަހު 10 ގައި

ބޮލީވުޑް ތަރި އިރުފާން ޚާންގެ އައު ފިލްމު "ޤަރީބު ޤަރީބު ސިންގަލް" މި އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ. "ދޭޝީ އެޑްވެންޗަރ" ޖޯންރާއަށް ކުޅެފައިވާ މި ފިލްމުގެ ބަތަލާ...

04 Oct 2017 | 01:39

ބޮލީވުޑް ތަރި އިރުފާން ޚާންގެ އައު ފިލްމު "ޤަރީބު ޤަރީބު ސިންގަލް" މި އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ.

"ދޭޝީ އެޑްވެންޗަރ" ޖޯންރާއަށް ކުޅެފައިވާ މި ފިލްމުގެ ބަތަލާއަކީ މަލަޔާލްމަ ބަތަލާއްކަމުގައިވާ ޕާރުވަތީ އެވެ. މިއީ އޭނާ ބޮލީވުޑް ފިލްމެއް ކުޅުނު ފުރަތަމަ ފަހަރެވެ.

މި ފިލްމުގެ ޑިރެކްޓަރު ޗަންދުރާ ވަނީ މި ފިލްމު ރިލީޒް ކުރާނީ ނޮވެމްބަރު 10ގައި ކަން އިންޑިއާގެ މީޑީއާއަށް ކަށަވަރުކޮށްދީފަ އެވެ. ތެނޫޖާ ޗަންދުރާ އަކީ "ޝަންގަރްޝް" އަދި "ދުޝްމަން" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ޑައިރެކްޓަރެކެވެ.

މި ފިލްމާއި ބެހޭގޮތުން ޗަންދުރާ ބުނެފައިވަނީ މި ފިލްމަކީ ޒަމާނީ ލޯބީގެ ވާހަކައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް