ގަދައަށް ދާހިއްލާނަމަ ހަމަ އެންމެ ސަޅި ހައްލަކީ އެންޓި ޕާސްޕިރެންޓް !

ވަޒީފާގެ މާހައުލުގައްޔާއި އެކި އެކި ކަންކަމުގައި މަސްއޫލުވެ އުޅޭއިރު ގަދަޔަށް ދާހިއްލުން ވެގެންދަނީ ބޮޑު އުނދަގުލަކަށެވެ. ބައެއްފަހަރު ލަދުވެތި ކަމަކަށެވެ. ގަދަޔަށް ދާހިއްލުމަށް ކިޔާ އުޅެނީ"ހައިޕަރ ހި...

04 Oct 2017 | 00:49

ވަޒީފާގެ މާހައުލުގައްޔާއި އެކި އެކި ކަންކަމުގައި މަސްއޫލުވެ އުޅޭއިރު ގަދަޔަށް ދާހިއްލުން ވެގެންދަނީ ބޮޑު އުނދަގުލަކަށެވެ. ބައެއްފަހަރު ލަދުވެތި ކަމަކަށެވެ.

ގަދަޔަށް ދާހިއްލުމަށް ކިޔާ އުޅެނީ"ހައިޕަރ ހިޑްރޯސިސް" އެވެ. މިކަމަށް އޮތް އެންމެ ސަޅި ހައްލަކީ އެންޓި ޕާސްޕިރެންޓް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އެންޓިޕާސްޕިރެންޓްގައި ހިމެނޭ އެއް މާއްދާއަކީ "އެލްމިނިއަމް ސޮލްޓް" އެވެ. މި މާއްދާގެ ސަބަބުން "ޕާސްޕިރޭޝަން" ދާހިއްލުމުގެ މަރުހަލާ ހުއްޓުމަކަށް ގެނުވަ އެވެ.

ދިވެހިންގެ ތެރޭގައިވެސް މިހާރު އެންޓި ޕާސްޕިރެންޓަކީ އާއްމު އެއްޗެކެވެ. ނަމަވެސް ގިނަ ބަޔަކު އެންޓި ޕާސްޕިރެންޓް ބޭނުންކުރަނީ ހަމަ އެކަނި ކިއްޕައްޗަށް ސްޕްރޭ ކުރަން ނުވަތަ ކިއްޕަތީގައި އުނގުޅަން ކަމަށް ވެދާނެ އެވެ. ނަމަވެސް ކަމުގެ މާހިރުން ދެކޭގޮތުގައި ދާހިއްލާ ކޮންމެ ތާކަށް އެންޓި ޕާސްޕިރެންޓަކީ ސަޅި ހައްލެކެވެ. ފަޔަށްވިޔަސް، ހަށިގނޑަށްވިޔަ އަދި ބޮލުން ދާހިއްލާނަމަ ބޮލަށް ޖަހަންވިޔަސް އެންޓި ޕާސްޕިރެންޓަކީ އެންމެ އެކަށީގެންވާ އެއްޗެއް ކަމަށް ކަމުގެ މާހިރުން ބުނެ އެވެ.

އަދި ހެނދުނު ނުވަތަ މެންދުރު ވަގުތު ފެންވަރައިގެން އެންޓިޕާސްޕިރެންޓް ބޭނުން ކުރާއިރު ރޭގަނޑު ނިދާވަގުތުވެސް އެންޓިޕާސްޕިރެންޓް ބޭނުން ކުރުމުން ނިދާފައި އޮންނަ ވަގުތުތަކުގައި ދާހިއްލުމުން ދުރުކޮށްދެ އެވެ.

އެހެނަސް އެންޓިޕާސްޕިރެންޓް ބޭނުންކުރުމުގައިވެސް ސަމާލުވާންވީ ކަމެއް އެބަ އޮތެވެ. އެއީ ބައެއް ބްރޭންޑްތަކުގެ އެންޓިޕާސްޕިރެންޓާއި ބައެއް މީހުންނާ ނުގުޅޭ ވާހަކަ ނުވަތަ ކޮންމެވެސް ކަހަލަ އެލާޖިކެއް އުފެދޭ ވާހަކަވެސް ބައެއް ފަހަރު ދެކެވެ އެވެ. އެފަދަ ހާލަތްތައް ދިމާވަނީ މަދުން ނަމަވެސް އެންޓިޕާސްޕިރެންޓް ބޭނުންކުރުމުގައިވެސް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް