އެޕަލްގެ އައު ފޯނުތަކުން ޒާތެއްގެ އަޑެއް ގޮވާ މައްސަލަ ހައްލުކޮށްފި

އެޕަލް އިން އަލަށް މާކެޓަށް ނެރުނު އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް އިން ކޯލް ކުރާއިރު ޒާތެއްގެ އަޑެއް އިވޭތީ އެކަން އެތައް ބަޔަކު ރިޕޯޓް ކޮށްފައިވާއިރު އެކަން އެޕަލްއިން ގަބޫލުކޮށް އެކަމުގެ ހައްލުގެ...

03 Oct 2017 | 23:17

އެޕަލް އިން އަލަށް މާކެޓަށް ނެރުނު އައިފޯނު 8 އަދި އައިފޯނު 8 ޕްލަސް އިން ކޯލް ކުރާއިރު ޒާތެއްގެ އަޑެއް އިވޭތީ އެކަން އެތައް ބަޔަކު ރިޕޯޓް ކޮށްފައިވާއިރު އެކަން އެޕަލްއިން ގަބޫލުކޮށް އެކަމުގެ ހައްލުގެނެސް އައިއޯއެސްގެ އަޕްޑޭޓެއް އިއްޔެ ރިލީޒް ކޮށްފި އެވެ.

އެޕަލްއިން އިއްޔެ ރިލީޒް ކުރި އައިއޯއެސް ވާސަން އަކީ އައިއޯއެސް 11.0.2 އެކެވެ.

އެ އަޕްޑޭޓްގައި އިތުރު ބައެއް މައްސަލަ ތަކުގެ ހައްލުވެސް އެޕަލްއިން ވަނީ ގެނެސްފަ އެވެ. އެގޮތުން ބައެއް ފޮޓޯ ހައިޑްވާ މައްސަލައާއި އެންކްރިޕްޓެޑް މެއިލްތަކުގެ އެޓޭޗްމެންޓް ނުހުޅުވޭ މައްސަލައަށް މި އަޕްޑޭޓްގައި އެޕަލްއިން ވަނީ ހައްލު ގެނެސްފަ އެވެ.

އެޕަލް ފޯނުތަކުން ޒާތެއްގެ އަޑެއް ގޮވާ މައްސަލައަށް ހައްލު ގެނައިނަމަވެސް އެ މައްސަލަ ދިމާވަނީ ކީއްވެކަން އެޕަލްއިން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް