މިސްރުގައި ލޯބިވެރިޔާ އާއި ބައްދަލުކުރާން މޫނުބުރުގާ އަޅައިގެން ދިޔަ ފިރިހެނަކު ފުލުހުންނާ ހަވާލު ކޮށްފި

މިސްރުގައި ލޯބިވެރިޔާ އާއި ބައްދަލުކުރާން މޫނު ބުރުގާ އަޅައިގެން ދިޔަ ފިރިހެނަކު ހިފަހައްޓައި އޭނާ ފުލުހުންނާ ހަވާލު ކޮށްފި އެވެ. އަހުމަދު ނަމަކަށް ކިޔާ އެ ޒުވާނާ އަކީ ފިރިހެނެއްކަން ޝައްކު ވީ އޭނާ ހި...

03 Oct 2017 | 23:02

މިސްރުގައި ލޯބިވެރިޔާ އާއި ބައްދަލުކުރާން މޫނު ބުރުގާ އަޅައިގެން ދިޔަ ފިރިހެނަކު ހިފަހައްޓައި އޭނާ ފުލުހުންނާ ހަވާލު ކޮށްފި އެވެ.

އަހުމަދު ނަމަކަށް ކިޔާ އެ ޒުވާނާ އަކީ ފިރިހެނެއްކަން ޝައްކު ވީ އޭނާ ހިނގި ގޮތުންނާއި އަރާފައިހުރި ބޫޓުގެ ސަބަބުން ކަމަށް އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ޝޮވާދާ އަބޫ ޝަލަބީ އަވަށުގެ މީހުން ބުނެފައި ވެ އެވެ.

މޫނު ބުރުގާ އަޅައިގެން އަހުމަދު އޭނާގެ ލޯބިވެރިޔާގެ ގެއަށް ވަންނަން މަސައްކަތްކުރީ އޭނާގެ ލޯބިވެރިޔާގެ އާއިލާ ގޭގައި ނޫޅޭ ވަގުތަކާއި ދިމާކޮށެވެ. އަހުމަދު ބުނެފައިވަނީ އޭނާއަށް އެކަން ކުރަން މަޖުބޫރުވީ، ތަކުރާރުކޮށް ކައިވެންޏަށް އެދުމުންވެސް އަންހެންކުއްޖާގެ ބައްޕަ އެކަމަށް ނުރުހޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް