ރޮހިންގާ ނަސްލުގެ ރައްޔިތުން އަނބުރާ މިޔަންމާއިން ޖާގަދޭން އެގައުމުގެ ސަރުކާރުން އެއްބަސްވެއްޖެ

މިޔަންމާގެ ރާކިން އަވަށުގައި ހިނަގަމުން ދާ ހަމަނުޖެހުންތަކުން ރައްކާތެރިކަން ހޯދުމަށް ބަންގާޅަށް ހިޖުރަކުރި ފަސް ލައްކައަށް ވުރެ ގިން ރޮހިންގާ ނަސްލުގެ ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމަށް މިޔަނ...

03 Oct 2017 | 22:30

މިޔަންމާގެ ރާކިން އަވަށުގައި ހިނަގަމުން ދާ ހަމަނުޖެހުންތަކުން ރައްކާތެރިކަން ހޯދުމަށް ބަންގާޅަށް ހިޖުރަކުރި ފަސް ލައްކައަށް ވުރެ ގިން ރޮހިންގާ ނަސްލުގެ ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމަށް މިޔަންމާގެ ސަރުކާރުން އެއްބަސްވެފައިވާކަމަށް ބަންގާޅުގެ ހާރިޖީ ވަޒީރު މަހުމޫދު އަލީ ވިދާޅުވެއްޖެއެވެ.

މަހްމޫދު މިހެން ވިދާޅުވެފައިވަނީ ރޮހިންގާ ނަސްލުގެ ރެފިޔުޖީންނާއި ގުޅޭ ގޮތުން ބަންގާޅު ސަރުކާރާއި މިޔަންމާގެ ސަރުކާރާއި ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު މީޑިޔާއަށް މައުލޫމާތުދެމުންނެވެ. މަހްމޫދު ވިދާޅުވެފައިވަނީ ބަންގާޅުން ބޭނުންވަނީ މި މައްސަލަ ސުލްހަވެރިކަމާއެކު ނިންމުމަށްކަމަށެވެ. އަދި މިޔަންމާއިއިން ހުރިހާ ރެފިޔުޖީން އަނބުރާ އެގައުމަށް ގެންދަން ހުށައަޅާފައިވާކަމަށާއި ދެގައުމުންވެސް މިހާރު މިކަމާއި ގުޅޭގޮތުން އެއްބަސް ވުމަކަށް އާދެވިފައިވާކަމަށްވެސް މަހްމޫދު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅޭގޮތުން މިޔަންމާއިން އަދި އެއެވެސް އެއްޗެކޭ ނުބުނެއެވެ.

މިޔަންމާގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގެ ޒިންމާ މިޔަންމާގެ ސަރުކާރުން ރޮހިންގާ ހަނގުރާމަވެރިންގެ ބޮލުގައި އަޅުވާއިރު އަލިފްދާލް އާއި ބައިނަލަގްވާމީ ޖަމިއްޔާ ތަކުގެ އިތުރުން ގިނަ ގައުމު ތަކުން ބުނެފައިވަނީ މިޔަންމާގެ ސަރުކާރުން ހިންގަމުންދަނީ ލާއިންސާނީ އަމަލުތަކެއްކަމަށާޢި އެ ސަރުކާރުން މަސައްކަތް ކުރަނީ ނަސްލެއް ނެތިކޮށްލުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް