ރޮހިންގާ މުސްލިމްނަށް ފާޑުކީ މިޔަންމާގެ ރީތީގެ ރާނީއެއްގެ އަތުން ތާޖު އަތުލައިފި

މިޔަންމާގެ ރާކިން އަވަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ ރޮހިންގާ ނަސްލުގެ ހަނގުރާމަވެރިން ކަމަށް ބުނެ ފާޑުކީ މިޔަންމާގެ ރީތީގެ ރާނީއެއްގެ އަތުން ތާޖުއަތުލައި އެ ޝަރަފު އޭނަގެ އ...

03 Oct 2017 | 22:08

މިޔަންމާގެ ރާކިން އަވަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ ރޮހިންގާ ނަސްލުގެ ހަނގުރާމަވެރިން ކަމަށް ބުނެ ފާޑުކީ މިޔަންމާގެ ރީތީގެ ރާނީއެއްގެ އަތުން ތާޖުއަތުލައި އެ ޝަރަފު އޭނަގެ އަތުން ނަގައިފިއެވެ.

ފޭސްބުކުގައި އާންމު ކުރި ވީޑިޔޯއެއްގައި މިސް ގްރޭންޑް ކާމިޔާބުކުރި އުމުރުން 19 އަހަރުގެ ށުވެ އެއިން ސި ބުނެފައިވަނީ މިޔަންމާގައި ހަމަލާތައް ދީ ހަމަނުޖެހުން އުފައްދަމުން ދަނީ ރޮހިންގާ ނަސްލުގެ ހަނގުރާމަވެރިންކަމަށެވެ. އަދި އެބައިމީހުން މިހާރު މަސައްކަތް ކުރަނީ މީޑިޔާ ކެމްޕޭނުތައް ކޮށްގެން ކުށެއްނެތް ބައެއްކަމުގައި ހެދި އެބައިމީހުންނަކީ ހާލުގައި ޖެހިފައިވާ ބައެއްކަމުގައި ދެއްކުމަށްކަމުގައިވެސް އެއިން ސި ވަނީ އޭނަގެ ވީޑިޔޯގައި ބުނެފައެވެ.

މިސް ގްރޭންޑް އިންތިޒާމް ކުރި ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއިން ސި އަތުން މަގާމް އަތުލަން ޖެހުނީ އެފަރާތާއެކު ހަދާފައިވާ އެއްބަސްވުމާއި ހިލާފުވެ ރޯލް މޮޑެލްއެއްގެ ގޮތުގައި  އެއިން ސި އަށް ނޫޅެވުމުން ކަމުގައެވެ. ދިފާއުގައި އެއިން ސި ބުނެފައިވަނީ މިޔަންމާގެ ރައްޔިތެއްގެ ހައިސިއްޔަތުން ގައުމާއި ބެހޭގޮތުން ތެދު ހާމަކޮށް ވާހަކަ ދެއްކުމަކީ ވާޖިބެއްކަމުގައިކަމަށެވެ.

އޯގަސްޓް މަހުގައި ފެށުނު ހަމަނުޖެހުންތަކުން ފިލުމަށް ބައި މިލިއަނަށްވުރެ ގިނަ ރޮހިންގާ ނަސްލުގެ ރައްޔިތުން ވަނީ މިޔަންމާ ދޫކޮށް ބަންގާޅަށް ހިޖުރަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް