ތިންލައްކަ ފަންސާސްހާސް ޑޮލަރުގެ އަގުހުރި ކާރެއްގެ ބައެއް ހިމާރެއް ކާލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ ޖަރުމަނުގެ ގީޒެން އަވަށުގެ ހިމާރު ކޮށްޓެއްގެ ކައިރީގައި މެކްލާރެން 650އެސް ބްރޭންޑްގެ މިކާރު ޕާކުކޮށްފައި އޮއްވައެވެ. ފުލުހުން އަދި ކާރުގެ ވެރިފަރާތުންވެސް ބުނެފައިވަނީ ހިމާރު ކާރުގެ ފެންޑާރ ގެ ބައެއް ކާލިކަމަށް ބެލެވެނީ ކާރަކީ ކެރޮޓެއް ކަމަށް ހީކޮށް އޮޅިގެންކަމަށެވެ. ހިމާރުދެކެ އެއްވެސް ރުޅިވެރިކަމެއް ނެތްކަމަށްވެސް ކާރުގެ ވެރިފަރާތުން ވަނީ ބުނެފައެވެ.
މިހާދިސާގައި ކާރަށް 30000 ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު އޭގެ ބޮޑުބައި ވަނީ މެކްލާރެން ގަރާޖުން ހަމަޖައްސަދީފައެވެ. އެހެންނަމަވެސް 5000 ޑޮލަރަށްވުރެ ބޮޑު ހަރަދެއް ގަރާޖުން އަދި ކާރުގެ އިންޝުއަރެންސް ކުންފުނިންވެސް ހަމަޖައްސަ ނުދިނުމުން ކާރުގެ ވެރިފަރާތުން ވަނީ ވިޓަސް ކިޔާ މި ހިމާރުގެ ވެރިފަރާތް ގޮވައިގެން ކޯޓަށް ގޮސްފައެވެ. ކޯޓުން ހުކުމް ކޮށްފައިވަނީ ކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހިމާރުގެ ވެރިފަރާތުން ދައްކަންޖެހޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް