އޯލެވެލްއާ އޭލެވެލް ދަރިވަރުންނަށް 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި، މިމަހު 15 އާ ހަމައަށް މުޅިން ހިލޭ!

ދިވެހިރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށްވާ ސިލަބައި (Syllabi) އިން، އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށްގެން 'ސިލަބައި އެގްޒާމް ޕްރެޕް' ގެ ނަމުގައ...

04 Sep 2026 | 10:41
އެޕް ބޭނުން ކުރާނެ ގޮތުގެ ސްކްރީން ޝޮޓުތަކެއް --

އެޕް ބޭނުން ކުރާނެ ގޮތުގެ ސްކްރީން ޝޮޓުތަކެއް --

ދިވެހިރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށްވާ ސިލަބައި (Syllabi) އިން، އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށްގެން 'ސިލަބައި އެގްޒާމް ޕްރެޕް' ގެ ނަމުގައި ޑިޖިޓަލް ޕްރެކްޓިސް ޕްލެޓްފޯމެއް ސޮފްޓް ލޯންޗްކޮށްފިއެވެ.

މި ޕްލެޓްފޯމަކީ ރާއްޖޭގެ ގައުމީ މަންހަޖަށް އަމާޒުކޮށްގެން، ދަރިވަރުންނަށް ފަސޭހައިން ނޯޓްސް ކިޔުމާއި ،ސުވާލުތައް ފަރިތަކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ޖަވާބުތަކުގެ ތަފްސީލީ ބަޔާންތައް ހިމަނައިގެން ދަރިވަރުންނަށް 'ގޭމިފައިޑް ލާރނިންގް' ގެ ތަޖުރިބާ ކުރެވޭނޭހެން އުނގެނުމަށް އެހީތެރިވެދޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ. ލެޕްޓެޕް ، ފޯން އަަދި ޓެބްލެޓުން ބޭނުންކުރެވޭނޭހެން އުފައްދާފައިވާ މި ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހީގައި އިސްލާމް މާއްދާއަށް އިސްކަންދީފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު މާއްދާތައް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްލެޓްފޯމް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި އޭގެ ފަހުންވެސް މި ޕްލެޓްފޯމުގެ ގިނަ ފީޗާތަކެއް ދަރިވަރުންނަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. މިހާރުވެސް ރާއްޖޭގެ 70 އަށްވުރެ ގިނަ ސްކޫލުގެ ދަރިވަރުން އަންނަނީ މި ޕްލެޓްފޯމް ބޭނުންކުރަމުންނެވެ.

މީގެއިތުރުން، ޕްލެޓްފޯމުގައި ހިމެނޭ ކުއިޒްތައް ފުރިހަމަކޮށްގެން ލިބޭ ޕޮއިންޓުން ލީޑަބޯޑުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ތަޖުރިބާކާރު ޓީޗަރުންގެ އެހީތެރިކަމާއެކު ދިވެހި ދަރިވަރުންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމް syllabi.mv/examprep މެދުވެރިކޮށް ދަރިވަރުންނަށް މިހާރު ބޭނުންކުރެވޭނެއެވެ.

މި ޕްލެޓްފޯމްގެ ފެށުމަކީ 2018 ވަނަ އަހަރު ސީއެޗްއެސްއީގެ ދަރިވަރެއްގެ ގޮތުގައި ސިލަބައިގެ ބާނީ ޖުމައިލް އާއި އޭނާގެ ރަހުމަތްތެރިންތަކެއް ގުޅިގެން އޭލެވެލް އިސްލާމް މާއްދާއަށް ހެދި މޮބައިލް އެޕްލިކޭޝަނެކެވެ. އެއަށްފަހު، ސިލަބައި ރަސްމީކޮށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނީ 2022 ވަނަ އަހަރުގައެވެ.

ސިލަބައިގެ ބާނީ ޖުމައިލް ވިދާޅުވީ، "ދަރިވަރުންގެ އަޑު އަހައިގެން މުސްތަގުބަލުގެ ޖީލުތަކަށްވެސް ފައިދާކުރާނެ ފަދަ ވަސީލަތެއް ބިނާކުރުމަކީ އެ ކުންފުނީގެ އަމާޒު" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް