ޕީއެންސީ މެމްބަރުން ތިބީ ވަރަށް ސާބިތުކޮށް، ވާހަކައިން ރޫޅަނީ ކަމަށް ވިދާޅުވެ ފަލާހުގެ ރައްދު ޔާމީނަށް!

ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބީ ވަރަށް ސާބިތު ކަމާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު ކަމަށް އެ ޕާޓީގޭ ޕީޖީ ގްރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. ފަލާހު މިހ...

04 Sep 2026 | 06:43
އިބްރާހިމް ފަލާޙު -- ފޮޓޯ: މަޖިލީސް

އިބްރާހިމް ފަލާޙު -- ފޮޓޯ: މަޖިލީސް

ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބީ ވަރަށް ސާބިތު ކަމާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު ކަމަށް އެ ޕާޓީގޭ ޕީޖީ ގްރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ މަޖިލިސް ތެރޭގައި ޑޮލަރުގެ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި މެންބަރުން އެބަތިބި ކަމަށާއި، މަޖިލީހުގެ ތެރޭގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމުން ދެއްވި ރައްދުގައި އެވެ.

ޔާމީން ވިދާޅުވީ ކޯޓުން ބޭރުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އެހެންކަމުން މި އިންގިލާބާއި އެކު، ﷲގެ އިރާދަފުޅާއެކު ދާދި އަވަހަށް ހާލަތު ބަދަލުވެގެންދާނެ ކަމަށެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވައި ފަލާހު އެކްސްގައި ވިދާޅުވީ 20 ވަނަ މަަޖިލީސް އޮތީ ރައީސް ޑރ. މުއިއްޒުއާ އެކު ވަރަށް ގަދަކޮށް ކަމަށެވެ. އެގޮތަށް ވާހަކައިން މަޖިލީސް ރޫޅަމުން ދަނިކޮށް 20 ވަނަ މަޖިލީސް މިއޮށް ނިމެނީ ކަމަށް ފަލާހު ވިދާޅުވެފައި އެވެ.

އަދި އެފަދަ ވާހަކަ ޔާމީން ދައްކަވަނީ އެމެރިކާއިން ގެންނަ ބޭހެއް ބޭނުން ނުކުރައްވާތީތޯ ސުވާލު ކުރައްވާފައިވެ އެވެ.

ފަލާހުގެ އިތުރުން ގިނަ ޕީއެންސީ މެމްބަރުން ގެންދަވަނީ ޔާމީނަށް ރައްދު ދެއްވައި އެކްސްގައި ތަފާތު ޕޯސްޓުތައް ކުރަމުންނެވެ. އެގޮތުން ހުރިހާ މެމްބަރުންވެސް ވަނީ މަޖިލީހުގެ މެމްބަރުން ތިއްބެވީ ރައީސްގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް