ނޭޕާލުގެ ފެންބޮޑުވުމުގައި ބިމު އަޑީގެ ޓަނަލެއްގައި ތާށިވެފައި ތިބި ދެ މީހަކު ނުވަ ދުވަސް ފަހުން ސަލާމަތްކޮށްފި

ނޭޕާލަށް މިދިޔަ އޮގަސްޓް 26 ގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގައި ކަރަންޓު އުފައްދާ ތަނެއްގެ ބިމު އަޑީ ޓަނެލެއްގައި ތާށިވެފައި ތިބޭތާ ނުވަ ދުވަސް ފަހުން ދެ މީހަކު ސަލާމަތް ކޮށްފި އެވެ. ނޭޕާލުގ...

04 Sep 2026 | 06:12
ނޭޕާލްގެ ޓަނެލް އަކުން ސަލާމަތް ކޮށްގެން ނެރުނު މީހަކު ގެންދަނީ --

ނޭޕާލްގެ ޓަނެލް އަކުން ސަލާމަތް ކޮށްގެން ނެރުނު މީހަކު ގެންދަނީ --

ނޭޕާލަށް މިދިޔަ އޮގަސްޓް 26 ގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގައި ކަރަންޓު އުފައްދާ ތަނެއްގެ ބިމު އަޑީ ޓަނެލެއްގައި ތާށިވެފައި ތިބޭތާ ނުވަ ދުވަސް ފަހުން ދެ މީހަކު ސަލާމަތް ކޮށްފި އެވެ.

ނޭޕާލުގެ އެނާޖީ މިނިސްޓަރު ބިރާޖް ބަކްތާ ޝްރެސްތާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަޕާ ޓްރިޝޫލީ 3އޭ ޕަވާ ސްޓޭޝަންގެ ޓަނެލުން ނެރެވުނީ އެ ތަނުގެ މެކޭނިކަލް ފޯމޭން އަކާއި މެކޭނިކަލް ސުޕަވައިޒަރެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭގެ ތެރެއިން ސުޕަވައިޒަރުގެ އަތާއި ފައި ހަރަކާތް ނުކުރި ނަމަވެސް ހާލު މާ ސީރިއަސް ނޫން ކަމަށެވެ. ފޯމޭންގެ ހާލު ރަނގަޅު ކަމަށާއި ދެމީހުންވެސް މިހާރު ވަނީ ވެރިރަށް ކަތަމަންޑޫގެ ހޮސްޕިޓަލަކަށް ގެންގޮސްފައި ކަމަށެވެ.

ނޭޕާލްގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ހަކަތައާއި ގުޅޭ ގިނަ ޕްރޮޖެކްޓުތަކެއް ހިންގާ ފެންބޮޑުވި ސަރަހައްދުގެ ބިމު އަޑީގައި އެތައް ސަތޭކަ ބަޔަކު ތާށިވެފައި ތިބި ކަމަށް ބެލެވޭތީ ރެސްކިއު އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ. މި އޮޕަރޭޝަންތަކަށް ނޭޕާލަށް އެހީތެރިވަމުން ދަނީ ޗައިނާ އާއި އިންޑިއާއިންނެވެ.

ނޭޕާލްގެ ޓަނެލް އަކުން ސަލާމަތް ކޮށްގެން ނެރުނު މީހަކު ގެންދަނީ --

ފެންބޮޑުވުމުގެ ހާދިސާގައި ޗަކައާއި އެކު ނޭޕާލާއި ޗައިނާގެ ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދުގެ ނޭޕާލްގެ އަވަށްތައް ވަނީ ވަޅުލެވިފައި އެވެ. ގަނޑުފެން ފަރުބަދައެއް ވެއްޓުމުގެ ސަބަބުން ކަމަށް ބެލެވޭ މި ފެންބޮޑުވުމުގައި ނޭޕާލުގެ ރަށްތަކާއި ވާދީތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ނޭޕާލުގެ ކާރިސާ ބެލެހެއްޓުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި 1,259 މީހުން މަރުވެ 5,000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެއެވެ. ޗައިނާއިން ބުނީ ޓިބެޓު ފަޅީގައި 21 މީހުން މަރުވެ 541 މީހުން ގެއްލިފައިވާ ކަމަށެވެ.

ނޭޕާލުގެ 12 ކަރަންޓު އުފައްދާ މަޝްރޫޢަކުން ގާތްގަނޑަކަށް 900 މީހުން ގެއްލިފައިވާ އިރު އޭގެ ތެރެއިން 500 އެއްހާ މީހުން ޓަނެލްތައް ތެރޭ ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް ނޭޕާލުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް