ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން އަނެއްކާވެސް އޮކްޓޫބަރުގައި ޣައްޒާއަށް ދަތުރެއް ރާވައިފި

ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން އިސްތިއުމާރީ އިޒްރޭލުގެ ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތަކާ ދެކޮޅަށް އަންނަ މަހު ޣައްޒާއަށް ކަނޑު މަގުން ދިއުމަށް އާ މިޝަނެއް ރާވާފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ. އެ ކޯލިޝަ...

04 Sep 2026 | 06:00
ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން ގާޒާގެ ރައްޔިތުންގެ ހައްގުގައި ހިންގި ހަރަކާތެއްގެ ތެރެއިން --

ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން ގާޒާގެ ރައްޔިތުންގެ ހައްގުގައި ހިންގި ހަރަކާތެއްގެ ތެރެއިން --

ފްރީޑަމް ފްލޮޓީލާ ކޯލިޝަނުން އިސްތިއުމާރީ އިޒްރޭލުގެ ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތަކާ ދެކޮޅަށް އަންނަ މަހު ޣައްޒާއަށް ކަނޑު މަގުން ދިއުމަށް އާ މިޝަނެއް ރާވާފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.

އެ ކޯލިޝަނުން ހާމަކުރި ގޮތުގައި މި ދަތުރުގައި ބައިވެރިވާ އުޅަނދުފަހަރު ސްޕެއިން ޕޯޗުގަލް އަދި އިޓަލީގައި މަޑުކުރުމަށްފަހު ޣައްޒާއާ ދިމާއަށް މިސްރާބު ޖަހާނެއެވެ. މި މިޝަންގެ ބޭނުމަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާރު އެޅުން ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

ކޮންމެ ބަނދަރެއްގައި މަޑުކުރާއިރު އެ ޤައުމެއްގެ ޖަމާޢަތްތަކާ ގުޅިގެން ސަރުކާރުތަކުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހަތިޔާރާއި ހަކަތައިގެ ސަޕްލައި ހުއްޓައިލުމާއި ޑިޕްލޮމެޓިކް އަދި އަސްކަރީ ގުޅުން ކުޑަކުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުން ހިމެނެއެވެ.

ޔޫރަޕުގެ ބަނދަރުތަކުގައި މަޑުކުރުމުގެ ބޭނުމަކީ އޮކްޓޫބަރުގެ ދަތުރާ ދިމާކޮށް ޢާންމުންގެ ތާއީދު ހޯދުން ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އެ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ މެންބަރެއް ކަމަށްވާ ޒޯހާ ޗެމްބަލެއިން ރެޖެވް ބުނީ މި ދަތުރު ރާވަން ޖެހުނީ ދައުލަތްތަކުން އެ ފަރާތްތަކުގެ ޒިންމާތައް އަދާކުރުމުގައި ނާކާމިޔާބުވަމުން ދާތީ ކަމަށެވެ. ކޮންމެ ބަނދަރެއްގައި ވެސް ފަލަޞްޠީނު ރައްޔިތުންނަށް ޢިއްޒަތާ އެކު ދިރިއުޅުމުގެ މިނިވަންކަން ދިނުމަށް ގޮވައިލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް އެ ކޯލިޝަނުގެ އުޅަނދުފަހަރު ޔޫރަޕުގެ ބަނދަރުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.

އެންމެ ފަހުން މިއަހަރުގެ މޭމަހު އެ ޖަމާއަތުގެ ބޯޓުތަކުން ގާޒާއަށް ކުރި ދަތުރު ތަކަށް ހުރަސް އެޅީ އިޒްރޭލުންނެވެ. ނިރުބަވެރި އިޒްރޭލުން ވަނީ ކަނޑުމަތިން ބޯޓުތައް ހިފަހައްޓައި ގާޒާއަށް އެހީގެ ތަކެތި ހިފައިގެން ދިއުމަށް މަސައްކަތް ކުރި 430 ބައިވެރިން ހައްޔަރުކޮށް އިޒްރޭލު މަގުން ޑީޕޯޓު ކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް