މާމެންދޫއިން ހައްޔަރު ކުރި ދެ މީހުން -- ފޮޓޯ: ޕޮލިސް
އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ގއ. މާމެންދޫގައި ހިންގި އޮޕަރޭޝަނެއްގައި 17.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މިމަހުގެ ދެ ވަނަ ދުވަހު މި އޮޕަރޭޝަން ހިންގީ މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ ބަލާ ފާސްކުރި ދެ ގެއަކުންނެވެ.
ފުލުހުން ބުނީ އޮޕަރޭޝަންގައި މާމެންދޫ ދެމީހުން ކަމަށްވާ އުމުރުން 29 އަހަރުގެ އަޒުހަދު ނަސީމް، ފިޔާތޮށިވިލާ އަދި ރިޝްފާން ރާމިޒު ރޯޝަނީގެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވެ އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެމީހުންނަކީ މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ކަމަށެވެ.
މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް