ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލާވާލައްވައިފިއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތު...

04 Sep 2019 | 15:38

ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލާވާލައްވައިފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުން ހިނގަމުންދާ އިސްލާމީ މަރުކަޒަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް އޮޅުންފިލުއްވައި އެވަގުތު މުބާރާތުގައި ކިޔަވަމުންދިޔަ ކުދިންގެ ކިޔެވުން ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާލައްވައި އެކުދިންނަށް ހިއްވަރުދެއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް މިއަދު މެންދުރުފަހު ވަނީ މި މުބާރާތް ހިނގަމުންދާގޮތް ބައްލަވާލައްވަން އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް