ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް، ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި މައްޗަންގޮޅި އާޕިއާ، އަލްއުސްތާޛު މުޙައްމަދު ޒާހިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.
އެމަނިކުފާނު މި މަޤާމަށް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޢައްޔަން ކުރެއްވީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުންނާއި ރައީސްކަމުން، މާތޮޑާއަވަށް. ރޭއަލިވާގެ ގދ.ފަރެސްމާތޮޑާ، އަލްއުސްތާޛު އަޙްމަދު ޝިފާޢު އިސްތިޢުފާ ދެއްވާފައި ވާތީއެވެ.
ޓްރައިބިއުނަލްގެ ރައީސް ކަމަށް އައްޔަންކުރެއްވި ޒާހިރަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ބެޗްލާސް އޮފް ލޯ ހާސިލް ކުރައްވައިގެން ހުންނެވި ގާނޫނީ ވަކީލެކެވެ. ޓްރިބިއުނަލްގެ މެމްބަރު ކަމަށް ޒާހިރު އައްޔަން ކުރައްވާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް