ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށާއި ފެންވަރު މަތިކުރުމަށް މަސަތްކަތްތަކެއް ފައްޓަވާފައިވާކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށާއި ތައުލީމުގެ ފެންވަރު މަތިކުރުމަށް މަސަތްކަތްތަކެއް ފައްޓަވާފައިވާކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް މިހެން ވިދ...

04 Sep 2019 | 11:43

ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށާއި ތައުލީމުގެ ފެންވަރު މަތިކުރުމަށް މަސަތްކަތްތަކެއް ފައްޓަވާފައިވާކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ހިތަދޫ ސްކޫލުގައި ފެށިގެން ދިޔަ ބައިނަލް އަޤްވާމީ ފަސްވަނަ ޓީޗާސް ކޮންފަރެންސް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނައިބް ރައީސް ވިދާޅުވީ ކުރީގެ އަހަރުތަކުގައި ރާއްޖޭގެ ތަޢުލީމީ ދައިރާއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައި ވީނަމަވެސް، ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ތަޢުލީމީ ނިޒާމުގެ ތެރެއިން ލިބެން ޖެހޭ ކަމަށާއި އަދިވެސް ގިނަ ލަނޑުދަނޑިތަކެއް ޙާޞިލްކުރަން ޖެހޭ ކަމަށެވެ.

އަދި އެންމެ މޮޅު ދަރިވަރާއި، ކިޔެވުމުގައި ދަތިތަކެއް ކުރިމަތިވާ ދަރިވަރަށްވެސް އެ ދަރިވަރަކު ޝައުޤުވެރިކަން ހުރި ރޮނގަކުން ފުރުސަތު ހޯދައިދިނުން މުހިންމު ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މިއަހަރު ފިންލޭންޑަށް ކުރެއްވި ދަތުރުފުޅުގައި ފިންލޭންޑުގެ ތަޢުލީމީ ނިޒާމުން ފާހަގަ ކުރެވުނު ކަންކަން ޙިއްޞާ ކުރަށްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް