ޤާނޫނަށް ބަދަލުގެނެސް ބައެއް މުއައްސަސާތަކުގައި ތިބި މީހުންގެ ވަޒީފާ އިން ވަކިކުރާކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ހިތްހަމަނުޖެހުން ފާޅުކުރަށްވައިފިއެވެ.
ގާސިމް ވިދާޅުވީ، ގާނޫނުތަކަށް ބަދަލު ގެނެސްގެން މީހުންގެ ވަޒީފާ ގެއްލޭ ގޮތަށް ކަންކަން ކުރުމުގެ އުސޫލު އޮންނަ ނަމަ، މާދަމާ ރައީސްގެ މަގާމުގައި ހުންނަ ބޭފުޅާ އާއި މަޖިލީހުގެ މެމްބަރުންގެ ދައުރު ކުރު ކުރުމުގެ ބާރު ވެސް އޮންނާނެ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަށްވަމުންނެވެ.
އަދި ޤާނޫނު ތަކަށް ބަދަލުގެނެސް އަދި ގިނަ މުއައްސަސާތަކުގައި ތިބި މީހުންގެ ވަޒީފާ ގެއްލިފައިވާ ދަނޑިވަޅެއްގައި ކަން ވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް