ނ.ވެލިދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައައި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ވެލިދޫ ގެއެއްގައި މީހަކު ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ސެޕްޓެމްބަރު މަހު ތިންވަނަ ދުވަހު، އެމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލާފާސްކޮށްފައެވެ.
އެގޮތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 03 ފުޅި އާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ފެނިފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށްދަނީ ނ.ވެލިދޫ ޕޮލިސް ސޮޓޭޝަނުން ތަޙްޤީޤް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް