15 ދުވަސްވީ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމުގައި އެމްއެންޑީއެފްގެ ބޭކަލެއް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނީ ކޯސްޓްގާޑުގައި މަސައްކަތްކުރާ ޕްރައިވެޓް އިބްރާހިމް ސިނާންއެވެ.
އިއްޔެ ހެނދުނު 10:30 ހާއިރު، މިކުއްޖާގެ ނޭވާ ހުއްޓިގެން ސިއްހީ އަވަސްފަރުވާއަށް ޕްރައިވެޓް އިބްރާހިމް ސިނާން ގެ އަތްދަޑިމަތީގައި ސެނެހިޔާ އަށް ވަނީ ގެންގޮސްދީފައެވެ. ހ. ފެންނާގެ 6 ވަނަ ފަންގިފިލާއިން މި ކުއްޖާ ބޭލިއިރު، އެގޭގެ ލިފްޓް ހުއްޓިފައި ހުރުމުން ފައިބަން ޖެހުނީ ސިޑިންނެވެ.
ޕްރައިވެޓް އިބްރާހިމް ސިނާންގެ އަތްދަނޑި މަތީގައި މިކުއްޖާ އުފުލައިގެން ސެނެހިޔާއަށް ގެންދިޔައީ ފައިމަގުގައި ދުވެފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، ސެނެހިޔާ އިން އެކުއްޖާ އަށް ފަރުވާ ދީފައިވަނީ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރ، ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުލް ލަތީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް