ލީސަން ނައްތާލުމުގެ ފުރަތަމަ އޮޕަރޭޝަން ޓްރީ ޓޮޕުން ކާމިޔާބުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރި ލީސަން ނައްތައިލުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފިއެވެ. ޓްރީ ޓޮޕުން ބުނީ، އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ފްރަންޓަލް ކްރެނިއޮޓޮމީ އަދި ލީސަން ނައްތާލުމުގެ ...

04 Sep 2019 | 07:58

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރި ލީސަން ނައްތައިލުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފިއެވެ.

ޓްރީ ޓޮޕުން ބުނީ، އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ފްރަންޓަލް ކްރެނިއޮޓޮމީ އަދި ލީސަން ނައްތާލުމުގެ އޮޕަރޭޝަން އެ ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމަންޓްއިން ކާމިޔާބުކޮށްފި ކަމަށެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ ސިކުނޑީގެ ޓިއުމަރަށް ފަރުވާ ކުރަމުންދާ 57 އަހަރުގެ ޕޭޝަންޓެކެވެ.

ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ލީސަން ނައްތާލުމަށް ކުރެވޭ މި އޮޕަރޭޝަން ކުރީ އިއްޔެއެވެ. މި އޮޕަރޭޝަން ކުރީ ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑޮކްޓަރު، ޑރ. ހުއާން ލޮރީޑޯ، ހޭނައްތާ ޑޮކްޓަރުން، ޑރ. އަމްރު ސަފްވަތް އާއި ޑރ. ބިޝްނޫ ރަވީ، އަދި މެޑިކަލް އޮފިސަރ، ޑރ. ބޮސްކޮ ލޯރެންސްއެވެ.

"މި އޮޕަރޭޝަން ގޮސްފައިވަނީ ވަރަށް ކާމިޔާބުކޮށްކަން، އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ފާހަގަކޮށްލަން" އަދި، "މި އޮޕަރޭޝަންގެ ސަބަބުން، ބަލިމީހާއަށް ފަސޭހަތަކެއް ލިބި، ތަދުތަކުން މިންޖުވެ، ކުރިއަށްދާންވީ އެންމެ ރަނގަޅު މަގު ފަހިވެގެންދާނެ." ޑރ. ހުއާން ވިދާޅުވެފައިވެއެވެ.

ޑރ. ހުއާން ލޮރީޑޯއަކީ ދާއިރާގެ ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، ވީހާވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް