ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދިރާގުން ވަރަށް ހާއްސަ ޕްރޮމޯޝަނެއް

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި 2 މަސްދުވަހުގެ މުއްދަތައް މަތީ ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދޭ ޕްރޮމޯޝަނެއް ފ...

04 Sep 2019 | 07:24

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި 2 މަސްދުވަހުގެ މުއްދަތައް މަތީ ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި އޭ.ޑީ.އެސް.އެލް ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ޕެކޭޖްގެ އަގުގައި އެ ޕެކޭޖައްވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ، މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖަށް ބަދަލުވެސް ކޮށްލެވޭނެ ކަމަށާއި، 2 މަސް ދުވަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުން އެކުންފުނީގެ ވެބްސައިޓްގެ މައިއެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކުރެއްވޭނެއެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅުއްވައިގެން ނުވަތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް ޒިޔާރަތްކުއްވައިގެން ޕެކޭޖްބަދަލު ކުރެވޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

https://twitter.com/Dhiraagu/status/1168915831834722304

ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުކޮށް ހިދުމަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ދިރާގުގެ އެންމެ ބޮޑު އަމާޒެވެ. މިގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް