އިންޑިއާ އެމްބަސީގެ ބިންގާ ހުޅުމާލޭގައި އަޅައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިންޑިއާގެ އެމްބަސީ އަޅަން ދިން ބިމުގައި ބިންގާ މިއަދު އަޅައިފިއެވެ. އިންޑިއާ އެބްސީގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފޮރެއިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާ...

04 Sep 2019 | 06:50

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިންޑިއާގެ އެމްބަސީ އަޅަން ދިން ބިމުގައި ބިންގާ މިއަދު އަޅައިފިއެވެ.

އިންޑިއާ އެބްސީގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފޮރެއިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ ފޮރެން މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އެވެ.

ރާއްޖެއިން އެމްބަސީ އަޅަން ބިން ދޫކުރަނީ އެގައުމުތަކުގައި ރާއްޖޭގެ އެމްބަސީ ގާއިމުކުރަން ބިން ދޫކުރާ ގައުމުތަކަށް ކަމަށް ފޮރެން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. އިންޑިއާއިން ވަނީ ރާއްޖޭގެ އެމްބަސީ އަޅަން އެގައުމުގެ ނިއު ދިއްލީ އިން ބިން ދޫކޮށްފައި ކަމަށް ފޮރެން މިނިސްޓްރީން ވަނީ ބުނެފައެވެ.

https://twitter.com/MDVForeign/status/1169123535870144512

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ އެމްބަސީތައް އަޅަން ވެސް ވަނީ ނިންމައިފައެވެ.

އިންޑިއާ އެމްބަސީގެ ބިންގާ އަޅަން ފުރަތަމަ ނިންމީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ އޭރު ބިންގާ ވަނީ ނޭޅިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް