ކަނޑު ދަތުރު ފަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން ލާޒިމްކުރުމަށް ގޮވާލާ، މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރު، މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އާދަމް ޝަރީފު މަޖިލީހަށް މި ގަރާގު ހުށަހަޅާފައިވަނީ މިއަދު އެވެ. މި ގަރާރުގައި ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދު ކުރަން ޖެހޭ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ.
އޭގެ އިތުރުން އަބަދުވެސް ލައިފްޖެކެޓް އެޅުމަށް ލާޒިމް ކުރުމަށާއި ރީނދޫ އިންޒާރު ނެރެފައި ވަނިކޮށް، ދަތުރު ނުކުރުމަށާއި އަބަދުވެސް ލައިފް ޖެކެޓް އެޅުމަށް ލާޒިމް ކުރުމަށް ގަރާރުގައި އެދިފައިވެއެވެ.
އާދަމް ޝަރީފު މި ގަރާގު މަޖިލީހަށް ހުށަހަޅާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު 10 މީހުންނާ އެކީގައި ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި "ސްޕީޑް" ލޯންޗެއް ބަންޑުން ޖަހާލައި ފަސް ދިވެއްސަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް