ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ އިންޓަނޭޝަނަލް ޓީޗަރުންގެ ކޮންފަރެންސް މިއަދު އައްޑޫ ސިޓީގައި ފަށައިފިއެވެ.
ފަސް ވަނަ ބައިނަލްއަގްވާމީ ޓީޗަރުންގެ ކޮންފަރެންސް މިއަދު ފެށިއިރު، މިއީ ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އާއި ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސް ތީމަކީ "އެޑިއުކޭޝަން އިން ގްލޯބަލް، ނޭޝަނަލް އެންޑް އިންޑިވިޑުއަލް ކޮންޓެކްސްޓް" އެވެ.
ދެ ދުވަހަށް ކުރިޔަށްދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމް ކުރުމާއި އިލްމީ ދިރާސާ ކުރާ ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތްތައް ހިއްސާ ކުރާނެ ފުރުސަތުތަކެއް ގާއިމްކުރުމެވެ.
https://twitter.com/presidencymv/status/1169105252584321024
މި ކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ތައުލީމީ ދާއިރާގެ ބޭފުޅުން ވަނީ އައްޑޫ އަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް