ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބޮޑުވަޒީރު ރަނިލް ފުރާވަޑައިގެންފި

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހުގެ ދ...

04 Sep 2019 | 05:34

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހުގެ ދައުވަތަކަށް ރަނިލް ރާއްޖެ ވަޑައިގަތީ މިމަހުގެ ދެ ވަނަ ދުވަހުއެވެ. ރަނިލްގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް ރާއްޖެ ވަޑައިގެންނެވިއެވެ. އެބޭފުޅުން ރާއްޖެއިން ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

ބޮޑުވަޒީރު ރަނިލްގެ މިދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރައްވާފައެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމާއި ސަޤާފީ ގޮތުންނާއި، ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެ ޤައުމުގެ ލީޑަރުން ވަނީ ރަނިލްގެ މި ދަތުރުފުޅުގައި މަޝްވަރާކުރައްވާފައެވެ.

އެމަނިކުފާނު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވިއިރު، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް