ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ބާ ކައުންސިލްގެ މެމްބަރުކަމުން އަލްއުސްތާޛާ އައިޝާ ޝުޖޫން އިސްތިއުފާ ދެއްވައިފިއެވެ.
ޝުޖޫން މަގާމުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެންނެވެ.
ޝުޖޫން އިސްތިއުފާ ދެއްވި ކަމަށް ހާމާކޮށްފައި ވަނީ ބާ ކައުންސިލުން ކުރި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި ބުނެފައިވާ ގޮތުގައި، ބާ ކައުންސިލްގެ އެކްޒެކެޓިވް ކޮމެޓީން ޝުޖޫން އިސްތިއުފާ ދެއްވި ކަމަށާއި، އެ މަގާމުގައި ހުންނަވައިގެން ޝުޖޫން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމުގައެވެ.
https://twitter.com/MvBarCouncil/status/1168923404969414658
އެކަމަނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމު ފުރުސަތު ލިބުން ދެ ކަނބަލުންގެ ތެރެއިން އެއް ކަނބަލެވެ. ޝުޖޫން އަކީ މީގެ ކުރީގައި ސިވިލް ކޯޓުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް