އިހަވަންދުއާއި ކުޅުދުއްފުށީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން އެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ސްކީމްގެ ދަށުން ގެ އަޅައިދިނުމަށް ނިންމާފައިވަނީ ގެ އެޅުމުގައި މާލީ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުންނެވެ. މިގޮތަށް ގެ އަޅައިދިނުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓު ހިމެނޭ ބިންތަކުގައި ކަމަށް ވާއިރު، ސްކީމް ގެދަށުން އަޅައިދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ ގެތަކެވެ.
ހައުސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކުޅުދުއްފުށީގައި ގެ އެޅުމަށް އެދޭ ފަރާތްތަކުން ލިޔުން ހުށައަޅަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެރަށު ކައުންސިލަށެވެ. އަދި އިހަވަންދޫ ރައްޔިތުން ލިޔުން ހުށައަޅަންޖެހެނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެރަށުގެ ކައުންސިލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް