ދެ އަހަރު ވަންދެން އެއްޗެހި ނުދޮވެ އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މެލޭޝިޔާގައި ދެ އަހަރު ވާންދެން އެއްޗެހި ނުދޮވެ އުޅުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އަންހެން މީހާ ފުލުހުންނާ ހަވާލުކުރީ އޭނާގެ މަންމަ އެވެ. އޭނާގެ މަންމަ ބުނެފައިވާގޮތުގައި، އަންހެން މީހ...

04 Sep 2019 | 04:18

މެލޭޝިޔާގައި ދެ އަހަރު ވާންދެން އެއްޗެހި ނުދޮވެ އުޅުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި އަންހެން މީހާ ފުލުހުންނާ ހަވާލުކުރީ އޭނާގެ މަންމަ އެވެ. އޭނާގެ މަންމަ ބުނެފައިވާގޮތުގައި، އަންހެން މީހާ ދިރިއުޅޭ ކޮޓަރީގައި ދޮވަނީ ނުބައި ވަސް ކަމަށާއި، ދެ ބާސްކެޓްގެ ދާ އެއްޗެހި މަތިމައްޗަށް ޖަހާފައި ހުރި ކަމަށެވެ. ކޮޓަރީގެ އެއް ކަނެއްގައި ބާސްކެޓުތަކުން ބޭރުގައި ވެސް އޮންނަނީ ހުސް ދާ ހެދުން ކަމަށް އަންހެން މީހާގެ މަންމަ ވަނީ ބުނެފައެވެ.

އުމުރުން 31 އަހަރުގެ މި އަންހެން މީހާ މުޅިންވެސް ލަނީ އާ ހެދުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަމިއްލަ މީހެއްގެ އޮފީހެއްގައި މަސައްކަތް ކުރާ މި އަންހެން މީހާ ކޮންމެ ފަހަރަކު ވެސް ހެދުން ބަދަލުކުރަން ބޭނުންވުމުހން ލަނީ އާ ހެދުން ގަނެގެންނެވެ.

މި އަންހެން މީހާގެ ދެ ކައިވެނި ރޫޅިފައިވާއިރު، ކޮންމެ ފަހަރަކު ވެސް ވަރިވަނީ އަންހެން މީހާގެ ކަންނެތް ކަމުން ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ،

އަންހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް