އިންޑިއާގައި 96 ޑޮލަރުގެ ބޭނުމުގައި މީހަކު ހަތަރު މިނެޓުން ކިލޯއެއްގެ ބިރިޔާނީ ކައި ހުސްކޮށްފިއެވެ.
އިންޑިޔާގެ ތަމިލް ނާޑޫ ގައި ހުންނަ ރެސްޓޯރެންޓެއްގައި ބޭއްވި ބިރިޔާނީ ކެއުމުގެ މުބާރާތުގައި 500 އެއްހާ މީހުން ވަނީ ބައިވެރިވެފައެވެ.
96 ޑޮލަރަކީ އިންޑިއާ ރުޕީސްގެ 5000 ރުޕީސް އެވެ.
ގިނަ އަދަދަކަށް އަންހެނުން ބައިވެރިވި މި މުބާރާތުގައި، އިނާމު ލިބެނީ 10 މިނެޓުތެރޭ ހުސްކުރާ ފަރާތްތަކަށެވެ. މުޅި މުބާރާތުން ޖުމްލަ 25 މީހަކަށް އިނާމު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި 16 މީހުންނަކީ އަންހެނުންނެވެ.
ބިރިޔާނީ އަކީ އިންޑިޔާގައި ވަރަށް މަޝްހޫރު ކެއުމެކެވެ. މިފަދަ މުބާރާތްތަކަކީ އިންޑިއާގައި ވަރަށް ގިނައިން ކުރިޔަށް ގެންދާ މުބާރާތްތަކެކެވެ. އެކިފަހަރު އެކި އެއްޗެހި ކައިގެން ފައިސާގެ އިނާމު ހާސިލްކުރެއެވެ. އެފަދަ މުބާރާތެއްގައި އެތައް ސަތޭކަ މީހުން ބައިވެރިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް