ގެއަކަށް ވަދެ، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް

ހޯމަ ދުވަހު އިރުއޮޮއްސުނުހާއިރު މާލެ އަތޮޅު ރަށެއްގައި ގެއަކަށް ބިދޭސީއަކު ވަދެ، އެ ގޭގެ ސިޓިން ރޫމުގައި އިން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ފިލަން މަސައްކަތްކޮށްފައިވާއިރު، އެ ބިދޭސީ...

04 Sep 2019 | 03:30

ހޯމަ ދުވަހު އިރުއޮޮއްސުނުހާއިރު މާލެ އަތޮޅު ރަށެއްގައި ގެއަކަށް ބިދޭސީއަކު ވަދެ، އެ ގޭގެ ސިޓިން ރޫމުގައި އިން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ފިލަން މަސައްކަތްކޮށްފައިވާއިރު، އެ ބިދޭސީ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

ހަޑި ހުތުރު ނުބައި މި އަމަލު ހިންގާ އެ ބިދޭސީ ވަނީ ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހުން އެ ކުއްޖާގެ ބައްޕައަށް މަގުމަތިން ބިދޭސީ މީހާ ފެނި، އާންމުންގެ އެހީތެރިކަމާއެކު ބިދޭސީ މީހާ އަތުލައިގަނެ ފުލުހުންނާ ހަވާލުކުރިއެވެ.

އެ މީހާއަކީ އެ ގެއަށް ފާއިތުވި ފަސް ވަރަކަށް އަހަރުވެސް އާންމުކޮށް ގޮސް އުޅޭ ބިދޭސީއެއް ކަމަށް ވެއެވެ. އަދި އެމީހާ އަކީ ސިޔާސީ ބޭފުޅެއްގެ ޑްރައިވަރު ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް