އިތުރު 153 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 148 މީހުންނަކީ މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. އަނެއް ފަސް މީހަކު ޕޮސިޓިވްވީ އަތޮޅުތެރެއިންނެވެ.
މިއަދު ޕޮސިޓިވްވި 116 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ 11 މީހަކާއި އިންޑޮނީޝިއާ، މިސްރު، އިނގިރޭސިވިލާތް އަދި ކެންޔާ އިން ކޮންމެ ގައުމަކުން މީހެކެވެ.
ބައްޔަށް ފަރުވާ ދެމުންދަނީ 1،719 މީހުންނަށެވެ. އޭގެ ތެރެއިން 93 މީހަކަށް ފަރުވާ ދެމުންދަނީ ކޯވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 2،693 މީހުންނެވެ. މިއަދު ބަލިން ރަނގަޅުވެފައިވަނީ23 މީހުންނެވެ.
ރާއްޖެއިން 4،446 މީހުން ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް