ނަވާޒް އާއި ޝިފާން ސައިޒުގަ ތިއްބެވުމަށް ދަންނަވަން: މަހްލޫފް

ކޮޅު ބެދިއްޖެ ކަމަށާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ނަވާޒް އާއި ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ސައިޒުގައި ތިއްބެވުމަށް ދަންނަވާ ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހ...

04 Aug 2018 | 08:29

ކޮޅު ބެދިއްޖެ ކަމަށާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ނަވާޒް އާއި ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ސައިޒުގައި ތިއްބެވުމަށް ދަންނަވާ ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ ޓްވިޓާ މެދުވެރިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނަކަށް ރައްދު ދެމުންނެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖޭގެ ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ހިމެނޭގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓުކޮށް ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތަކެއް ހިންގަމުންދާކަމުގައި ފާހަގަކުރެވިފައިވާކަމަށެވެ.

https://twitter.com/AhmedMahloof/status/1025649610214137857

"ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހްސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާއި ގަވާއިދާ ހިލާފު ހަރަކާތްތަކެއްކަން ފާހަގަކުރެވިފައިވާތީ، ހެދިފައިވާ ގާނޫނުތަކާ ގަވާއިދާ ހިލާފަސް އެއްވެސް ފަރތަކުން އެފަދަ ހަރަކާތެއް ނުހިންގުމަށް އިލްތިމާސް ކުރަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގައެވެ.

މި ބަޔާނަށް ރައްދު ދެއްވަމުން މަހްލޫފް ވަނީ އެ ބަޔާނަކީ ކާކަށް ބިރު ދައްކަން ނެރުނު ބަޔާނެއްތޯ ސުވާލު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް