ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލީޝަނުން ކެމްޕޭނު ކުރުގައި ބޭނުންކުރާ ކެމްޕޭނު ޕޯސްޓަރު ތަކުގައި ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ ފޮޓޯ ބޭނުންކޮށްފައިވާތީ ފުލުހުން ބަޔާނެއް ނެރެފި އެވެ.
އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ މިހާރަކަށް އައިސް ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖޭގެ ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ހިމެނޭގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓުކޮށް ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަކާތްތަކެއް ހިންގަމުންދާކަމުގައި ފާހަގަކުރެވިފައިވާކަމަށެވެ.
"ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ފޮޓޯއާއި މައުލޫމާތު ބޭނުންކޮށްގެން އެފަރާތްތައް ކުރިއަށްނެރެ ޝަހްސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނުތަކާއި ގަވާއިދާ ހިލާފު ހަރަކާތްތަކެއްކަން ފާހަގަކުރެވިފައިވާތީ، ހެދިފައިވާ ގާނޫނުތަކާ ގަވާއިދާ ހިލާފަސް އެއްވެސް ފަރތަކުން އެފަދަ ހަރަކާތެއް ނުހިންގުމަށް އިލްތިމާސް ކުރަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ އަމަލުތަކާ ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް