އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ފައްޓަވައިފި އެވެ.
އެ ހަރަކާތް ފެށިގެން މިހާރު ކުރިއަށްދާއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހާލު ބަލައި ރައްޔިތުންގެ ބޭނުން ދެނެގަތުން ކަމަށެވެ.
އިބޫ ވިދާޅުވީ ވޯޓުލުމާއި ދޭތެރޭގައި ދެން މިއޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށާއި އެހެންކަމުގައިވެސް އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އިހުސާސްތައް ދެނެގަތުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި ރައްޔިތުންނަށް މިހާރު ދަތިވެފައިހުރީ ކޮންކޮން ކަންތައްތަކެއްކަން ދެނެގަތުން ކަމަށެވެ.
އިދިކޮޅު ކޯލީޝަނުން ހާމަކޮށްފައިވާގޮތުގައި އިބޫގެ މި ހަރަކާތް މިއަދު ހެނދުނާއި މިއަދު މެންދުރު ފަހު ކުރިއަށްދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް