ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހަވީރު 4:00...

04 Jul 2019 | 07:50

ދެކުނުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހަވީރު 4:00 ހާއިރުގައެވެ. އަދި މި މައްސަލައާއި ގުޅިގެން އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ޝަރީއަތް ނިމެންދެން މިމީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ވަނީ ބަންދުގެ މުއްދަތު ދީފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމުން، އަނިޔާ ލިބޭ ފަރާތްތަކުގެ އައިޑެންޓިޓީ ފުލުހުން ހާމައެއް ނުކުރެއެވެ. އެގޮތުން އަތޮޅާއި ރަށްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް