ޤައުމީ ވޮލީ ޓީމު ރައީސް އާއި ބައްދަލުކުރެއްވުމަށްފަހު، ސަރބިއާ އަށް ފުރައިފި

ޤައުމީ ވޮލީ ޓީމު ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު، ސަރބިއާ އަށް ފުރައިފިއެވެ. ކުރިޔަށް އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ...

04 Jul 2019 | 06:58

ޤައުމީ ވޮލީ ޓީމު ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު، ސަރބިއާ އަށް ފުރައިފިއެވެ.

ކުރިޔަށް އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ތަމްރީނު ހޯދުމަށް ސަރބިއާއަށް ރޭ ވޮލީ ޓީމު ފުރާފައިވާއިރު، އޭގެ ކުރިން މުލިއާގޭގައި ޓީމުން ވަނީ ރައީސް އާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޓީމާއި މުޚާތަބުކުރަމުން ރައީސް ވަނީ މިއީ ޔޫރަޕްގެ ޤައުމަކަށް އިތުރު ތަމްރީނުތަކަށް ޤައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުޞަތުކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ޤައުމެއް ކަމަށާއި، މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ކުޅުންތެރިން ހިފުމަށެވެ. ރައީސް އިތުރަށް ވިދާޅުވީ، އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައި.އޯ.އައި.ޖީއިން ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރުންކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ވާހަކަދެއްކެވި އެ ޓީމުގެ ކޯޗު ވިދާޅުވީ، ސަރބިއާ އަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ޤާއުމެއް ކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފާނެ ކަމަށެވެ.

އައި.އޯ.އައި.ޖީ ގައި ޤައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަޤީންކަން ޓީމުން ވަނީ ރައީސް އަށް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް