އަނެއްކާވެސް ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރަން އަންގައިފި

ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރަން އަނެއްކާވެސް ހައުސިންގ ޑިވެލޮޕްމަންޓުން ކޯޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ. އެޗްޑީސީން ބުނީ، އެ ސަރަހައްދު ހުސްކުރަން އެންގީ މިމަސް ނިމުމުން ހުޅުމާލޭގެ ފުރަތަމަ ...

04 Jul 2019 | 05:27

ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރަން އަނެއްކާވެސް ހައުސިންގ ޑިވެލޮޕްމަންޓުން ކޯޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ބުނީ، އެ ސަރަހައްދު ހުސްކުރަން އެންގީ މިމަސް ނިމުމުން ހުޅުމާލޭގެ ފުރަތަމަ ފޭސްއާއި ދެވަނަ ފޭސްގެ ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިޔުއެސްސީން ނިންމާފައިވާތީ ކަމުގައެވެ. އަދި އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ކެފޭ ހިންގުމަށް ގޮނޑި އާއި މޭޒު ޖަހާފައި ވާތީ، މަސައްކަތް ކުރުމަށް އެ ސަރަހައްދު ހުސްކުރުމަށް އެޗްޑީސީ އިން ވަނީ އަންގާފައެވެ.

އެޗްޑީސީ އިން އެ ސަރަހައްދު ހުސްކުރަން އަންގާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ. މީގެ ކުރިންވެސް މި ސަރަހައްދު ހުސްކުރަން އެޗްޑީސީން ވަނީ އަންގާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 15 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް