ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފެރީގެ ހިދުމަތް ފަށަން ދެގައުމުން ވެފައިވާ އެއްބަސްވުމަށް އިންޑިއާ ކެބިނެޓުން ރުހުން ދީފިއެވެ.
އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ މަހު ރާއްޖެ ވަޑައިގެން ސޮއިކުރެއްވި އެމްއޯޔޫ ގައި އެއްބަސްވެފައިވާގޮތުގެ މަތިން، ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފެތީގެ ޚިދުމަތް ދޭން ރުހުން ދޭ ކަމުގައެވެ.
މިދިޔަ މަހު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސޮއިކުރި އެމްއޯޔޫގައި ވަނީ، ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
މިފަދަ ނިޒާމެއް ގާއިމު ކުރަން ކުރީގެ ރައީސް ނަޝީދު ވެސް އިންޑިއާ އާއި ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް