ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމް ކުރަން ލަންކާ ކުންފުންޏަކަށް!

އައްޑޫ ސިޓީ ފޭދޫގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރަން ބަޔަކާއި ހަވާލު ކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަވައްޓެރި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިންއާ އެވެ....

04 Jul 2018 | 10:25

އައްޑޫ ސިޓީ ފޭދޫގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރަން ބަޔަކާއި ހަވާލު ކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަވައްޓެރި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިންއާ އެވެ.

މި އެއްބަސްވުމުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ސެނޮކް ޓްރޭޑް ކޮމްބައިންގެ ފަރާތުން ސޮއި ކުރެއްވީ އެކައުންޓެންޓް ޕްރަބާތު ރުވަންޕުރަ އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ސްޓޮމް ވޯޓާ މެނެޖްމަންޓް ނެޓްވޯކެއް ގާއިމް ކުރެވޭނެ ކަމަށެވެ.

އެ ކުންފުންޏާއި މި މަސައްކަތް ހަވާލު ކުރީ 18 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު އަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް