މިއަދަށް ތާވަލު ކުރި ފާރިސްގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑު އެހުން ކެންސަލް ކޮށްފި އެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައ...

04 Jul 2018 | 05:42

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑު އެހުން ކެންސަލް ކޮށްފި އެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ މަޖިލިސް މެންބަރުންތަކަކާއި ގުޅިގެން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ. އަދި ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކުރި އަމުރު ނެރުމަށް ފާރިސް ރިޝްވަތު ހުށަހަޅައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ފުލުހުން މަގުމައްޗަށް ނެރުމަށް އުޅުނު ކަމަށް ތުހުމަތު ކޮށެވެ.

ފާޜިސް ވަނީ މި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އެހެންވެ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ޖުމްލަ 32 ހެއްކެއް ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި 17 ސިއްރު ހެކިވެރިޔަކާއި ސިއްރު ލިޔުންތަކެއް ހިމެނެ އެވެ.

އެއްވެސް ހުކުމެއް ނުކޮށް ފާރިސް ޖަލު ބަންދުގައި ހުންނަތާ އެތައް ދުވަހެއް ފަހުން ފުރަތަމަ ފަހަރަށް ހުކުމެއް ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޕީޕީއެމްގެ ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފާރިސް ވަނީ ހަތަރު މަހާއި 10 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް