މަހުލޫފު ޖަލަށް ގެންދާ އެއްޗެހި ފޮއްޓަށް އަޅައިދިނީ ދަރިފުޅު!

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި މިއަދު އޭނާ އާއި ދެކޮޅަށް ހުކުމް ކުރާނެ ކަމަށް ވިދާޅުވެ ޖަލަށް ދާން ތައްޔާރުވުމުގެ ގޮތުން ފޮއްޓަށް އެއްޗ...

04 Jul 2018 | 05:38

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި މިއަދު އޭނާ އާއި ދެކޮޅަށް ހުކުމް ކުރާނެ ކަމަށް ވިދާޅުވެ ޖަލަށް ދާން ތައްޔާރުވުމުގެ ގޮތުން ފޮއްޓަށް އެއްޗެހި އަޅައިފި އެވެ.

މަހުލޫފު ޓުވިޓާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ހެދުންތައް ފަތްޖަހައިދީ ދަބަހަށް އަޅައިދިނުމުގައި އުޅެނީ ދަރިފުޅު ލައިބާ އަހުމަދު (އެލީ) އެވެ. އެ ވީޑިއޯއަށް ކޮމެންޓު ކުރި އެންމެންހެން ވަނީ މަހުލޫފާއި އާއިލާގެ ހިތްވަރުގަދަ ކަމަށް ތައުރީފުކޮށްފައި އެވެ.

https://twitter.com/AhmedMahloof/status/1014379657968226304

މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވާ އެ ދައުވާގެ ހުކުމް މިއަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާއަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގައި ވަނީ މިއަދަށް އެ މައްސަލަ ތާވަލު ކޮށްފައި އެވެ.

މަހުލޫފުގެ މައްޗަށް އެ ދައުވާ އުފުލީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.

މަހުލޫފް ވިދާޅުވީ ހުކުމްކޮށް ޖަލަށްލީނަމަވެސް ކުރަމުންދާ އިސްލާހީ މަސައްކަތުގައި ފަސްޖެހުމެއް ނެތްކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅުން ދެން ޖަލުން އެނބުރި އަންނަނީ 23 ސެޕްޓެންބަރުގެ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށްފަހުކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ޖަލަށް ލިޔަސް ފަަހަތަކަށް ނުޖެހޭނެ ކަމަށާއި، މި މަސައްކަތުގެ ތެރެއިން އެތަށް ބަޔަކަށް އަނިޔާ ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީތަކުގެ ލީޑަރުން ދިވެހި ރައްޔިތުން އަމާން ބަނދަރަކަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ސަރުކާރުގެ އަނިޔާވެރިކަން މާތްﷲގެ އިރާދަފުޅާއެކު ނިންމާނެ ކަމަށް މަހުލޫފުވަނީ ވިދާޅުވެފައެވެ.

މިއަދު މަހުލޫފުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފި ނަމަ އެއީ މިސަރުކާރުގެ ފަސް އަހަރު ތެރޭގައި މަހުލޫފަށް އިއްވާ ތިން ވަނަ ޖަލު ހުކުމަށް ވާނެ އެވެ. މިއަދުގެ އަޑު އެހުން ތާވަލު ކޮށްފައ އޮތީ 11:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް