އެޅުނު ފިޔަވަޅަކުން މަލިކާ ބޮލީވުޑުން ބާކީވެފައި!

މީގެ ހައެއްކަ އަހަރު ކުރިން ކާމިޔާބު ފިލްމުތަކަކުން ފެނިގެން ދިޔަ ބޮލީވުޑްގެ ބަތަލާ މަލިކާ ޝަރާވަތު މިހާރު ނުފެންނަނީ ކުޅޭނެ ފިލްމެއް ނުލިބޭތީ ކަމަށް އޭނާ ބުނެފި އެވެ. އިންޑިއާގެ ނޫހަކަށް ދީފައިވާ އިނ...

04 Jul 2018 | 03:40

މީގެ ހައެއްކަ އަހަރު ކުރިން ކާމިޔާބު ފިލްމުތަކަކުން ފެނިގެން ދިޔަ ބޮލީވުޑްގެ ބަތަލާ މަލިކާ ޝަރާވަތު މިހާރު ނުފެންނަނީ ކުޅޭނެ ފިލްމެއް ނުލިބޭތީ ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއަށް ފިލްމުތައް ނުލިބެން ފެށީ ބޮލީވުޑަށް ތައާރަފުވި ފުރަތަމަ ދުވަސްކޮޅު އެޅުނު ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ. މަލިކާ ބުނީ އެންމެންވެސް މިހާރު އޭނާ ބަލައިގެންނަނީ ގޮތެއް ނެތް އެއްވެސް އަބުރުވެރިކަމެއް ނެތް އަންހެނެއްގެ ގޮތުގައި ކަމަށެވެ.

މަލިކާ ބުނެފައިވާ ގޮތުގައި ބޮލީވުޑަށް ތައާރަފު ވި ފުރަތަމަ ދުވަސްކޮޅު ކުރިޔަށް ދިއުމަށް އޭނާއަށް ލިބުނު ފިލްމުތައް ގަބޫލު ކުރި އިރު އެ ހުރިހާ ފިލްމެއްގައިވެސް ކުޅެން ޖެހުނީ ފިރިހެނުންނާއި ވަރަށް ގައިގޯޅި މަންޒަރުތައް ހިމެނޭ ފިލްމުތަކެއް ކަމަށެވެ. އެ ފިލްމުތައް ކާމިޔާބުވެ މަލިކާ މަޝްހޫރުވިޔަސް އެކަން ވެފައިވަނީ ނުބައިކޮށް ކަމަށް އޭނާ ބުންޏެވެ.

މަލިކާ ބުނީ ފަހުން އޭނާ ލައްވާ ފިލްމު ކުޅެން ބޭނުންވާ ޑައިރެކްޓަރުން ބޭނުންވަނީ ފިލްމުގެ މަސައްކަތް އޭނާއަށް ދިނުމުގެ ކުރިން އެމީހުންނާއި އެކު ޖިންސީ ގުޅުން ފަދަ ގުޅުންތައް ހިންގުމަށް ކަމަށެވެ. އެކަމަށް އިންކާރު ކުރުމުން ލިބޭ ޖަވާބަކީ ފިލްމުތަކުގައި އެހެން އުޅެން ކެރޭއިރު އެ ޑައިރެކްޓަރަކާއި އެކު ނޫޅެވެންވީ ސަބަބެއް ނެތް ކަމަށެވެ.

މަލިކާ ބުނީ އެފަދަ ފުރުސަތުތަކަށް ނޫނެކޭ ބުނަން ފެށުމުން އޭނާ ލައްވާ ފިލްމެއް ކުޅުވާނެ ޑައިރެކްޓަރު މިހާރު ނެތި ބާކީވެފައިވާ ކަމަށެވެ.

މަލިކާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މާޑާ" ޕިޔާރްކޭ ސައިޑް އިފެކްޓް" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ބޮލީވުޑުން ފެނުނީ 2015 ވަނަ އަހަރު ރިލީޒް ކުރި "ޑާޓީ ޕޮލިޓިކްސް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް