ސިފައިންގެ ވަޒީފާއަށް 25 އަހަރު ނުފުރޭ ޒުވާނުން ހޯދަނީ!

ދިވެހި ސިފައިންގެ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނުކޮށްފި އެވެ. ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 10 ދާއިރާއަކުން ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އ...

03 Jul 2018 | 20:21

ދިވެހި ސިފައިންގެ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 10 ދާއިރާއަކުން ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔާ އެންޑް ރެސްކިއު ސާވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސާވިސް، މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، އަދި ސަޕޯޓް ސާވިސް އެވެ.

ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދައްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން ހިމެނެ އެވެ. އަދި ވަޒީފާ އަދާ ކުރެވޭ ފަދަ ސިއްހަތެއްގައި ހުރުމުގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ހިމެނެ އެވެ.

މީގެ އިތުރުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވަޒީފާއަށް މީހުން ނެގުމުގައި ފިޒިކަލްއިން ފާސްވާ މީހުންނަށް އިސްކަން ދޭނެ އެވެ. އިއުލާނުގައި ވާގޮތުން 25 އަހަރު ފުރޭ އެންމެ ފަހުގެ ތާރީހު ކަމަށް ބަލަނީ ިމިމަހުގެ 31 އެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމް ދޫކުރަން ފެށީ މިމަހަހުގެ ދެވަނަ ދުވަހު އެވެ. އަދި ފޯމް ބަލައިގެންނަން ފަށާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ދުވަހުގެ ނިޔަލަށެވެ.

މި ފޯމު ޑިފެންސް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް