ވަގު ސޮއި ކުރި މައްސަލަ ނޫން ޝަކުވާއެއް މެންބަރު ރަޝީދު ފުލުހުންނަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފުލުހުންނަށް ޝަކުވައެއް ހުށަހަޅައިފި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މައްސަލާގ...

04 Jul 2017 | 10:14

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފުލުހުންނަށް ޝަކުވައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މައްސަލާގައި މެންބަރު  ރަޝީދު ސޮއިނުކުރައްވާ ކަމަށް ވިދާޅުވުމަށްފަހު އެ މައްސަލަ ބަލައި ދިނުމަށް އޭނާ ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފައި އެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އޭން ކުރައްވާފައިވަނީ ވަގު ސޮއެއްތޯ ކަށަވަރު ކުރެވޭނީ އެންމެ ފަސޭހައިން ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މެންބަރު ރަޝީދު ހުށަހެޅުއްވީ ވަގު ސޮއިގެ މައްސަލައެއް ނޫންކަމަށެވެ. މައްސަލައިގެ ތަފްސީލް ހަމަނުކުރައްވާ ޝިފާން ވިދާޅުވީ އޭނާ ހުށަހެޅުއްވި ޝަކުވާއެއް ބަލަމުން އަންނަ ކަމަށެވެ.

އިސްދޫ ދާއިރާގެ މެންބަރު އެ މައްސަލަ ހުށަހެޅުމަށް ސޮއި ނުކުރައްވާ ކަމަށާއި އެ މައްސަލައިގަ ކޮށްފައިވަނީ ވަގު ސޮއި އެއްކަމަށް އޭނާ ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރަޝީދު ސޮއި ކުރައްވަން އިން ފޮޓޯއެއް އާންމު ކޮށްފައި އެވެ. އެއަށް ރައްދު ދެއްވާ ރަޝީދު ވިދާޅުވެފައިވަނީ އެއީ އެޑިޓް ކޮށްފައިވާ ފޮޓޯއެއް ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މެންބަރު ރަޝީދު އެ މައްސަލައިގަ ސޮއި ކުރެއްވީ ދެ ހެކިންގެ ކުރިމަތީގައި ކަމަށާއި ވީޑިއޯވެސް އެބަ ހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް