ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން އޭނާ އާއި ހަވާލުކޮށްފި އެވެ.
ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ ބޭނުން ކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ އެވެ. ލިޔުންތަކާއި ހަވާލުވުމަށް ފާރިސް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންފައި ވަނީ އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދާއި އެކު އެވެ.
މި މައްސަލައިގެ ލިޔުންތައް ހަވާލު ކުރިނަމަވެސް ޝަރީއަތް ފަށާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެ މައްސަލަ ކޯޓަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.
އޭގެ ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން ގަވާއިދާ ހިލާފަށް ހަރަދުކުރި ފައިސާތަކެއްގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް އެ އޮފީހުން ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް