ހުޅުމާލޭގައި ޝްވެކުން ހަދަމުންދާ ޝްވެކް ސިނަމާ މިމަހު ހުޅުވާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ މި ސިނަމާ ހަދަމުންދަނީ ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުންދާ ކޮމިއުނިޓީ ސެންޓަރުގައި ކަމަށެވެ. އެ ސެންޓަރުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު ބައެއް ހިދުމަތްތައްވެސް ދޭން ފަށައިފި އެވެ.
އެޗްޑީސީން ބުނީ މިހާރު އެ ސެންޓަރުން ޖިމްގެ ހިދުމަތުގެ އިތުރުން ބެޑްމިންޓަން ކުޅެވޭނެ ކަމަށެވެ. އަދި ޝްވެކް ސިނަމާގެ މަސައްކަތް ނިމުމުން މުޅި ސެންޓަރު މިމަހު ރަސްމީކޮށް ހުޅުވާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
މި ސިނަމާއަކީ 180 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަން ހަދަނީ އެންމެ ޒަމާނީ ސިނަމާއެއްގައި ހުންނަ ހިދުމަތްތަކާއެކުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް