އުނދަގޫ ތަކާއި ދުއްތުރާ ތަކުން ސަލާމާތް ވުމަށްޓަކައި ކުރިއައް އޮތްތަނުގައި ނުކުންނަވާނީ ގޭމް ޕްލޭން ބަދަލުކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދަޅުވެފައި މިވަނީ ޕީޕީއެމް ބައެއް މެމްބަރުންގެ ތާއީދާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާއި ގުޅިގެން، ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
" ދެން މި ގޭމާމެދު ވަރަށް ރަނގަޅަށް ވިސްނައިގެން މި ގޭމް ޕްލޭން އަޅުނގަޑުމެން ވެސް ބަދަލު ކޮށްގެން ނުކުމެ ދެން އަޅުނގަޑުމެންގެ މަސައްކަތް ފައްޓާނީ" ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މަސީހުގެ މައްސަލައާއި ގުޅިގެން ކަންބޮޑު ނުވާ ކަމަށާއި، ސޮއި ކުރި މެމްބަރުންނާއި ވާހަކަ ދައްކަވައިގެން ހައްލު ހޯދަނެ ކަމަށެވެ. އަދި ޚިޔާލު ތަފަތުވުމާއި ހިތްހަމަނުޖެހުން ތަކަކީ ކޮންމެ ބަޔެއްގެ ތެރޭގައިވެސް އޮންނާނެ ކަމެއްކަމަށެވެ.
އަދި ކުރިއައް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ނިހާން ވަނީ ދެއްވާފައެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދީ ޕީޕީއެމްގެ 10 މެންބަރުންގެ ސޮޔާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް