އަދީބު ޖަލުގައި އަވަހާރަކޮށްލަން ރާވަމުންދާ ކަމަށްބުނެ މައްސަލަ ފުލުހަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫ ޖަލުގައި އޮންނަވަނިކޮށް އަވަހާރަކޮށްލަން ރާވަމުންދަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފި އެވެ. އަދީބުގެ ގާނޫނީ ވ...

04 Jul 2017 | 03:58

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫ ޖަލުގައި އޮންނަވަނިކޮށް އަވަހާރަކޮށްލަން ރާވަމުންދަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

އަދީބުގެ ގާނޫނީ ވަކީލު މަހުފުޒު ސައީދު ކޮމިޝަނާ އޮފް ޕޮލިސް އަރީފަށް ފޮނުއްވާފައިވާ ސިޓިއެއްގައި ވިދާޅުވެފައިވަނީ އަދީބު މަރާލަންރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ތަހުގީގުކޮށްދިނުމަށް އެދޭކަމަށެވެ. އަދި އެފަދަ ކަމެއް ޖަލުގައި އޮއްވަ މެދުވެރި ނުވާނެ ގޮތެއް ހަދައިދިނުމަށް އެދިފައިވެ އެވެ.

https://twitter.com/MahfuzSayd/status/881929683616411649

އަދީބު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުފޫޒު ވިދާޅުވެފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވެސް  ވިދާޅުވެފައިވަނީ އަދީބު އަވަހާރަކޮށްލަފާނެ ކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން ސިއްހީ ހާލަތު ގޯސްކޮށް މަރާލަފާނެކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށް މަހުލޫފު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މަހްލޫފް ވަނީ އަދީބު ޖަލުގައި އޮންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.

އަދީބު ދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް