ނ. މިލަދޫ ސައުތްބްރީޒް، އުމުރުން 42 އަހަރުގެ އައިޝަތު އަބްދުއް ރަހުމާން (އައިސްތު) މިވަގުތު އޮތީ އިންޑިއާގެ ހައިދަރްއާބާދުގެ ކޮންޓިނެންޓަލް ހޮސްޕިޓަލްސްގެ އައިސީޔޫގައި އެވެ. މީގެ ކުރިން ރާއްޖެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އައިސްތުއަށް ސީރިއަސް އެތައް މައްސަލަތަކެއް ދިމާވެފައިވާކަން އެނގުނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދުމުންނެވެ.
ކޮންޓިނެންޓަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހަވާލާދީ އައިސްތުގެ ކޮއްކޮ ބުނީ އޭނާގެ ހިތާއި ފުއްޕާމޭ އެއްކޮށް ހަލާކުވެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި އޮތް ހަމައެކަނި ހައްލަކީ ހިތާއި ފުއްޕާމޭގެ ޓްރަންސްޕްލާންޓު ހެދުން ކަމަށެވެ.
ތިން ކުދިންނާއި ފިރިއަކު ހުރި އައިސްތުގެ ފުއްޕާމެއަށް ލޭ ފޮނުވައިދޭ ހިތުގެ ކަނާތްފަޅިއަށް މައްސަލަ ޖެހި ލޭ ފޮނުވައި ނުދޭތީ އައިސްތުގެ ހަށިގަނޑަށް އެކަށިގެންވާ ވަރަށް އޮކްސިޖަންއެއް ނުލިބެ އެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ފުއްޕާމޭ އެއްކޮށް ވަނީ ހަލާކުވެފައި އެވެ.
މީގެ އިތުރުން ކާއެއްޗެހި ހަޖަމް ކުރުމުގައި މައްސަލަ ދިމާވެ އައިސްތުގެ ބަރުދަންވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ ލުއި ވަމުންނެވެ. މީގެ ސަބަބުން ހަށިގަނޑުގައި އެތައް ވޭނެއް އަޅަމުންދާ އައިސްތުއަށް ލިޔެއް ލިބި ފުރާނަ ސަލާމާތްވާނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރެވިގެންނެވެ. އޮޕަރޭޝަނަށް ފައިސާ އެއްކުރެވެންދެން ހޮސްޕިޓަލުން އައިސްތު ދޫކޮށްލެވޭވަރަށް ވުރެ ހާލު ދެރައެވެ. އިށީނދެލާ އިނދެވެނީ މެޝިނުގެ އެހީގައި އެވެ.
އައިސްތު ދިރިހުރުމުގެ އުންމީދު ގުޅިފައިވަނީ ތިޔަ ދީލަތި އަތްތަކައި އެވެ. އައިސްތުގެ އާއިލާއަކީ ފޯރުންތެރި އާއިލާއަކަށް ނުވާތީ މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސޭނެ ގޮތެއް ނެތެވެ.
އެހީދެއްވުމަށް ގުޅުއްވާނީ:
ފާތިމަތު ސާދުނާ (ކޮއްކޮ) 9801714
ޑޮލަރުން އެހީތެރިވުމަށް: އަބްދުﷲ ފަސީހު 7730000056031
ރުފިޔާއިން އެހީވެދެއްވުމަށް: ފާތިމަތު އީނަޝް 7730000072096
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް