ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި ރޯވެ މަރުވި މީހުންގެ އަދަދު 200 އަށް

ޕާކިސްތާނުގައި ތެޔޮ ހިފައިގެން ދަތުރުކުރި ލޮރީއެއްގައި މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި އެވެ. ފަކީސްތާނުގެ އަހުމަދު÷ޕޫރުގައި ހިނގި އެ ހާދިސާގައި އ...

03 Jul 2017 | 23:17

ޕާކިސްތާނުގައި ތެޔޮ ހިފައިގެން ދަތުރުކުރި ލޮރީއެއްގައި މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފި އެވެ.

ފަކީސްތާނުގެ އަހުމަދު÷ޕޫރުގައި ހިނގި އެ ހާދިސާގައި އެހާ ގިނަބަޔަމު މަރުވީ، ދަތުރުކުރި ލޮރީގައި ހުރި ތެޔޮ ޓޭންކަރުން ތެޔޮ ލީކުވާން ހެދުމުން ތެޔޮ ނެގުމަށް އެ ސަރަޙައްދަށް މީހުންތަކެއް އެއްވެ އުޅެނިކޮށެވެ.

ފުލުހުން ރިޕޯޓުކުރާގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގި ސިނގެރޭޓު ފިލްޓަރު ބުރިއެއްގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.

އެ ހާދިސާގައި މަރުވި ގިނަ މީހުންވަނީ ކާކުކަން ނޭނގޭ ވަރަށް ހަށިގަނޑު ފިހެވިފަކަމަށް އެ މީހުނަށް ފަރުވާދެމުންދާ ހޮސްޕިޓަލުން މަޢުލޫމާތުދެ އެވެ.

މަރުވި މީހުންގެ ތެރެއިން 125 މީހުން ވަނީ ބޮޑު ޖަނާޒާއެއް ބާއްވާ މިދިޔަ ހަފްތާގައި ވަޅުވެސް ލާފަ އެވެ.

ރޯވި ލޮރީއަކީ 25 ހާސް ލީޓަރުގެ ތެޔޮ ހިފައިން ޕާކިސްތާނުގެ ކަރާޗީން ލާހޯރަށް ދަތުރުކުރަމުންދިޔަ ލޮރީއެކެވެ. އެ ލޮރީގައި އިން ތެޔޮ ޓޭންކް ފަޅައިގެން ދިޔައީ ލޮރީގެ ޓަޔަރު ހަލާކުވެގެން ވެއްޓެން މެދުވެރި ވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށް އެ ޤައުމުގެ ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް