އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާއާއި އޭނާގެ އާއިލާ އިންޑޮނޭޝިއާގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޮބާމާ އިންޑޮނޭޝިއާއަށް ދިޔައީ އޭނާގެ އަންހެނުން، މީޝޭލް އޮބާއާއި އަދި އޭނާގެ އަންހެން ދެ ދަރިން ގޮވައިގެންނެވެ.
އޮބާމާގެ ދޮން ބައްޕަޔަކީ އިންޑޮނޭޝިއާ މީހެކެވެ. އޮބާމާގެ މަންމަ، ކެންޔާއަށް އުފަން އެނާގެ ބައްޕަޔާއި އޮތް ކައިވެނީގެ ގުޅުން ނިމުމުން އެ އިންޑޮނޭޝިއާ މީހާއާއި ކައިވެނިކޮށް އެ ޤައުމަށް ދިރިއުޅުން ބަދަލުކުރީ އޮބާމާގެ އުމުރުން ހަ އަހަރުގަ އެވެ.
އޮބާމާ އެމެރިކާއަށް އަނބުރާދިޔައީ ރައީސްކަމަށް ކުރިމަތިލުމަށް 2010 ވަނަ އަހަރު އެވެ.
އެ ދަތުރުގައި އޮބާމާ ވަނީ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޫޑޫއާއިވެސް ބައްދަލުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް